Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑޫން ނެގި 272 ސާމްޕަލް ނެގެޓިވް

އައްޑޫ ސިޓީން ރެންޑަމްކޮށް ނެގި 272 ސާމްޕަލް ވެސް ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ކޮވިޑް ސަވައިލެންސް ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައްޑޫން ރެންޑަމްކޮށް ސާމްޕަލްތައް ނަގާފައިވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހުއެވެ.

އައްޑޫ އިން ނެގި ހުރިހާ ސާމްޕަލްތަކެއް ވެސް ކޮވިޑަށް ނެގެޓިވް ވެފައިވާއިރު، ކުރިއަށް އޮތް ތަނުގައި ރެންޑަމްކޮށް އައްޑޫގެ އެކި ސަރަހައްދުތަކުން ސާމްޕަލްތައް ނަގާނެ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެއެވެ.

އެޗްޕީއޭ އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އައްޑޫގައި މިވަގުތު އެކްޓިވް ދެ ކޭސް އެބަ އުޅެއެވެ. އެއީ އައްޑޫ ސިޓީ ގަން އަދި ހުޅުދޫގައެވެ.

ރާއްޖެއިން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 9،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެ 34 މީހަކު ވަނީ ނިޔާވެފައެވެ.