Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ޝާހްގެ ސަބަބުން މޮރޮކޯގެ ވިސާ ގުލްޝަން ގްރޯވާއަށް ނުލިބުނު

ބޮލީވުޑްގެ "ބޭޑް މޭން" ގެ ލަޤަބް ލިބިފައިވާ ނުބައި ރޯލުތަކަށް ޚާއްސަ މީހެއް ކަމަށްވާ ގުލްޝަން ގްރޯވާ މޮރޮކޯއަށް ދިޔުމަށް ވިސާއަށް އެދުމުން މަޝްހޫރު ބޮލީވުޑްގެ ތަރި ޝާހްރުކްޚާންގެ ސަބަބުން އޭނާއަށް ވިސާ ނުލިބުނު ކަމަށް އޭނާ ބުނެފިއެވެ.

ސޮނީ ޓީވީއިން ދައްކަމުން އަންނަ ޓެލެންޓް ރިއަލިޓީ ޝޯވ އެއް ކަމަށްވާ "އިންޑިއާސް ބެސްޓް ޑާންސާ"ގެ އެޕިސޯޑަކަށް ކުރި ޒިޔާރަތެއްގައި ގުލްޝަން ގްރޯވާ ވަނީ އެވާހަކަތައް ހިއްސާ ކޮށްފައެވެ. ގުލްޝަން ބުނެފައިވާ ގޮތުގައި މޮރޮކޯއަށް ދިޔުމަށް ވިސާ ހޯދުމަށްޓަކައި އެތަނުގައި ހުރި އަންހެން އޮފިސަރަކަށް އޭނާގެ ޓިކެޓް ދެއްކުމުން އޭނާއަށް ވިސާ ނުލިބޭނެ ކަމަށް އެ އޮފިސަރު ބުނެފައިވެއެވެ. ސަބަބު އެހުމުން ޝާހްރުކްޚާން ގައިގާ ގުލްޝަން ތަޅާފައިވާ ކަމަށާއި އެކަމުން ސަބަބުން އެ އޮފިސަރު ގުލްޝަންއަށް ނަފްރަތު ކުރާ ކަމަށް ވެސް އެ އޮފިސަރު ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ގުލްޝަން ގްރޯވާ ވަނީ ޝާހްއާއިއެކު ގިނަ ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ޑުޕްލިކޭޓް"، "ރާމް ޖާނޭ"، އަދި "ޔޭސް ބޮސް" ފަދަ ފިލްތައް ހިމެނެއެވެ.

ވިސާ ހޯދުމަށްޓަކައި ގުލްޝަން ޖެހުނީ އެ އޮފިސަރަށް އެއީ ފިލްމުގައި ކަމަށާއި ހަގީގީ ދިރިއުޅުމުގައި އޭނާ އަކީ ޝާހް ގައިގާ ތަޅާ މީހެއް ނޫން ކަމަށާއި ގާތް އެކުވެރިއެއްކަން ބުނެދިނުމަށް ކަމަށް ވެސް ގުލްޝަން ބުނެފައިވެއެވެ.