Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ރ. އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ކުރުމަށް ޔޫތް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ ކޯޕައިންސް އިންވެސްޓްމަންޓްްސްއާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 1.387 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

މިކަން ހާމަކުރައްވަމުން މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ސަބަބުތަކާއި ގުޅިގެން މަސައްކަތް ލަސްވިނަމަވެސް މިހާރު އެމަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.

އަދި މިނިސްޓަރ ވަނީ މި މަސައްކަތް ކުރުމަށް އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އެރަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.