Last Updated: April 24, 06:35
Wednesday, April 24, 2024
ރިޕޯޓް

އަދީބު ގޭގައި، ޔާމީން ޖަލުގައި، އިންސާފެއް ނޫން: ޖާބިރު

ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް. ދެ ބޭފުޅުންނަކީ ވަރަށް އަރިސް ދެ ބޭފުޅުން، ފޮޓޯ: ވީނިއުސް

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެފައިވާ ނައިބް ރައީސް އަހުމަދު އަދީބު ގެއަށް ބަދަލު ކުރުމާއި ގުޅިގެން ކާށިދޫ ދާއިރާ ގެ މެމްބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮތީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ޖުޑިޝަރީއެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ ދައުލަތް ލޫޓުވި ކުރީގެ ނައިބް ރައީސް އަދީބު ގެއަށް ބަދަލުކޮށްފައިވާ އިރު ކުރީގެ ރައީސް ޔާމީން ހުންނެވީ ޖަލުގައި ކަމަށެވެ. އަދި މިއީ އިންސާފެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ.

"ޔާމީން ވަގުތުން ވަގުތަށް ދޫކޮށްލާށޭ. އެހެން ނޫނީ އަދީބު ގެންގޮސް ޖަލަށް ލާށޭ. އޭނާ އަށް ހުކުން ކުރީ ކީއްވެގެންތޯ؟ ކާކަށް ކިހާވަރެއް ރިޝްވަތުގެ ގޮތުގައި ދީގެންތޯ އޭނާ އަށް ގެއަށް ބަދަލު ކުރީ އަޅުގަނޑު ބަލަން ބޭނުން މި މަޖިލީހުގައި. އުގޫބާތެއް ކަނޑައެޅީމަ ދާން ޖެހޭނީ ޖަލަށް. އެވަރު ބާރުވެރިކަން އޮވެގެން ނުވާނެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކޮންމެ ކަމެއް ދިމާވިއަސް ސަރުކާރުން ރައްޔިތުން ކޯޓަށް ދިއުމަށް ބުނާ އިރު ކޯޓުތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބާރު ފޯރުވާ ކަމަށެވެ. އަދި ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށް ގަބޫލް ނުކުރެއްވޭކަމަށް ޖާބިރު ވިދާޅުވިއެވެ.