Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

ކެނދިކުޅުދޫގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން ނ.ކެެނދިކުޅުދޫގައި އޭޓީއެމް ސެންޓަރެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި އޭޓީއެމްތަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެކެވެ.

ބީއެމްއެލް އިން ބުނީ މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމް އެއް ކަމަށެވެ.

ބޭންކިންގ ވިއުގަ ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު ކުރިއަތް އޮތް މަސްތަކުގެތެރޭގައި އިތުރު ސެލްފް ސަރވިސް އޭޓީއެމް ގާއިމްކުރުމާއި ބޭންކިންގ ހިދުމަތްތައް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން މިހާރު ވެސް އަންނަނީ 57 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 120 އޭޓީއެމް ސެންޓަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިންގަމުންނެވެ.