Last Updated: July 10, 10:30
Thursday, July 10, 2025
ވިޔަފާރި

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށަނީ

އިނގިރޭސި ވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މި މަހު ރާއްޖެ އަށް އަލުން ފެށުމަށް ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މި މަހުގެ 17 ވަނަ ދުވަހު ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.

އެގޮތުން އަލުން ދަތުރުތައް ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ބްރިޓިޝް އެއާވޭސް އިންނެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.