Last Updated: April 23, 17:09
Tuesday, April 23, 2024
ވިޔަފާރި

އުރީދޫ ސުޕަނެޓު ދަރަވަންދޫ އަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ.ދަރަވަންދޫ އަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން، ސިއްހީ ޚިދުމަތްތައް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ޑިޖިޓަލް ޚިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށާއި ލިބިގަންނަ ފަރާތްތަކަށްވެސް ފެންވަރު ރަނގަޅު ހައި-ސްޕީޑްގެ އިންޓަނެޓް ވަރަށް މުހިންމު ކަމަށެވެ.

"އެހެންކަމުން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ނިޔާޒު ވިދާޅުވިއެވެ.

އަދި އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ އުސްމިންތަކަށް ގެންގޮސްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުރީދު މޯލްޑިވްސްއިން ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކައް ވަނީ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މިގޮތުން ދަރަވަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.