Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ދަރަންޏަށް ޒިންމާ ކުރުވަން މައުމޫން ގޮވައިގެން ޑީއާރްޕީން ކޯޓަށް

މައުމޫން އަދި ޖާބިރު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމަނިކުފާނުގެ މައްޗަށް ދައުވާކުރަން ޑީއާރްޕީން ނިންމައިފިއެވެ.

ޑީއާރްޕީ އަކީ މައުމޫން އުފެއްދެވި ޕާޓީއެއް ކަމަށްވާއިރު، 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުން މައުމޫނަށް ނާކާމިޔާބުވެ އުފެދުނު މައްސަލަތަކުގައި އެމަނިކުފާނު ވަނީ ޕާޓީއާ ފެއަށް ޖެހިވަޑައިގެންފައެވެ. އަދި ޑީއާރްޕީގެ ލީޑަޝިޕް އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން ބަދަލުވެފައިވާއިރު އެ ޕާޓި އަދިވެސް އޮތީ ދަރަނިވެރިވެފައެވެ.

ޑީއާރްޕީން މިއަދު ބުނީ މައުމޫންގެ ލީޑަޝިޕްގައި އެ ޕާޓީ ވަނީ ބޮޑު ތަނުން ދަރަނިވެރިކޮށް އެ ބިލުތަކުގެ ފައިސާ ނުދައްކާ ޕާޓީގެ އޭރުގެ މެމްބަރުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށެވެ. އަދި އޭރުގެ ދަރަނިތަކުގެ ބިލުތައް މިއަދުވެސް އަންނާތީ އެ ދަރަންޏަށް ޒިންމާވުމަށް މައުމޫންގެ މައްޗަށް ދައުވާކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށް ޑީއާރްޕީން ބުނެއެވެ.

އަދި މި މައްސަލަ އާއި މެދު ގޮތެއް ނިމެންދެން މި ހުރިހާ ދަރަނި ދެއްކުން މަޑުޖައްސާލަން ވެސް ކައުންސިލުގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ޑީއާރްޕީން ބުނެއެވެ. އަދި މިފަދަ ބޭފުޅުން އެމްއާރްއެމްގެ ނަމުގައި ޕާޓީ ހަދާ، މި ސަރުކާރު ކޯލިޝަނުގައި ބައިވެރިކޮށްގެން އުޅޭ އުޅުން ކުށްވެރިކުރާ ކަމަށްވެސް ޑީއާރްޕީން ބުނެފައިވެއެވެ.