Last Updated: July 6, 22:22
Monday, July 7, 2025
ކުޅިވަރު

ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރީ އެގައުމުގެ ފުޓްބޯޅަ އިދާރާ އިންނެވެ. އެގޮތުން މިވަގުތު މެޗުތަކެއް ކުޅުމަށް ރޮނާލްޑޯ ގައުމީ ޓީމާއެކު ހުރިއިރު، ބައްޔަށް ޕޮޒިޓިވްވުމުން އޭނާ މިހާރު ވަނީ އައިސޮލޭޓް ވުމަށް ސްކޮޑު ދޫކޮށް ވަނީ ގޮސްފައެވެ.

ރޮނާލްޑޯ ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެންނަން ނެތް ކަމަށް އެ އިދާރާ އިން ބުނެއެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ މާދަމާ ރޭ ޕޯޗުގަލް އިން ސްވިޑެން އާއި ދެކޮޅަށް ނިކުންނާނެއެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ޕޯޗުގަލް އިން ތިން މެޗު ކުޅެފައިވާއިރު އެޓީމު އޮތީ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ފްރާންސަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ޕޯޗުގަލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.