Last Updated: April 19, 10:32
Friday, April 19, 2024
ވިޔަފާރި

ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދިނުން ހުއްޓާލައިފި

މަރުކަޒީ ބޭންކް އެމްއެމްއޭ. އައްޑޫލައިވް ފޮޓޯ: މިރުސާދް

ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދިނުން ވަގުތީ ގޮތުން ހުއްޓާލަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނިންމައިފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ލައިސަންސް ދިނުން މިވަގުތަށް ހުއްޓާލީ ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް މަނީ އެކްސްޗޭންޖާ ލައިސަންސް ދޫކުރެވިފައިވާތީ ކަމަށެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް އޮންނަ ފަރާތްތަކުގެ ލިސްޓުން އެމްއެމްއޭގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

އަދި މަނީ އެކްސްޗޭންޖަރުން އަމަލުކުރަން ޖެހޭ ގޮތުގެ ގަަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.