Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ހާލުކޮޅު ދެރަވެ ޑރ.ބިލާލް ފިލިޕްސް އެޑްމިޓްކޮށްފި

ހާލުކޮޅު ދެރަވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޑރ.ބިލާލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެ ކަމަށާއި ބިލާލް އޮންނެވީ އޮކްސިޖަން ސަޕޯޓުގައި ކަމަށެވެ. އަދި ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ކޮވިޑް-19 އަށް މިއަދު ޑރ.ބިލާލް ޓެސްޓު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ހުރިހާ ފަރާތްތަކުގެ ދުއާގައި ވެސް ބިލާލް ހިމެނުއްވުން އެދެން" އެ ޓްވީޓުގައި ބުނެފައިވެއެވެ.

ޑރ.ބިލާލް އަކީ ރާއްޖެ އަށް ވެސް އެތައް ފަހަރެއްގެ މަތިން ވަޑައިގެން ދަރުސްތަކެއް ދެއްވާފައިވާ ފަރާތެކެވެ. އަދި އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ވެސް ދެއްވާފައިވެއެވެ.