Last Updated: April 25, 11:18
Thursday, April 25, 2024
ދުނިޔެ

ޑރ.ބިލާލް ފިލިޕްސްގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސްގެ ހާލުކޮޅު ކުރިއަށް ވުރެ ރަނގަޅުވެއްޖެއެވެ.

ހާލުކޮޅު ދެރަވެ ޑރ.ބިލާލް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ހޮސްޕިޓަލުގައި ބިލާލް އޮންނެވީ އޮކްސިޖަން ސަޕޯޓުގައެވެ.

ޑރ.ބިލާލްގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބިލާލް އަންނަނީ ރަނގަވަމުން ކަމަށާއި އެގޮތުން ކުރިއަށް ވުރެ މިހާރު ހާލުކޮޅު ރަނގަޅުވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށާއި ހުރިހާ ފަރާތްތަކުގެ ދުއާގައި އަދިވެސް ބިލާލް ހިމެނުއްވުމަށް ވެސް ވަނީ އެދިފައެވެ.

"ހުރިހާ ފަރާތްތަކުން ވެސް އަދިވެސް ބިލާލް އަށް ދުއާކޮށްދިނުން ކުރިއަށް ގެންދިޔުން އެދެން" އެ ޓްވީޓުގައި ބުނެފައިވެއެވެ.

ޑރ.ބިލާލް އަކީ ރާއްޖެ އަށް ވެސް އެތައް ފަހަރެއްގެ މަތިން ވަޑައިގެން ދަރުސްތަކެއް ދެއްވާފައިވާ ފަރާތެކެވެ. އަދި އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ވެސް ދެއްވާފައިވެއެވެ.