އިނގިރޭސި ވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފިއެވެ.
ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށާފައިވަނީ މިއަދު އެވެ.
އެގޮތުން އަލުން ދަތުރުތައް ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އިނގިރޭސި ވިލާތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ބްރިޓިޝް އެއާވޭސް އިންނެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.