Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

200އަށްވުރެ ގިނަ ވަކީލުން، ވަކީލުކަމުގެ ހުވާކޮށްފި

200 އަށްވުރެ ގިނަ ވަކީލުން މިއަދު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފިއެވެ.

މިއީ ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދުވި ފަހުން ވަކީލުކަމުގެ ހުވާ ކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މިއަދު ވަނީޫ 277 ވަކީލުން ވަކީލުކަމުގެ ހުވާ ކުރައްވާފައެވެ.

އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ގާނޫނީ ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ގާނޫނީ ވަކީލުން ހުވާ ކޮށްފައި މިވަނީ ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް އެ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ވަކީލުންނެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.