Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 90 ޕަސެންޓު މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 90 ޕަސެންޓު މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 11،178 މީހުންގެ ތެރެއިން 10،097 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ އިންސައްތަ ވަނީ 90 އަށް އަރާފައެވެ.

ކޮވިޑަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 24 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހެކެވެ. އަތޮޅުތެރެއިން މިއަދު އެއްވެސް މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1138 ކޭސް އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 43 މީހަކަށް ކަމަށްވާއިރު 36 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.