Last Updated: July 6, 22:22
Sunday, July 6, 2025
ވިޔަފާރި

މި މަހު އިތުރު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

މި މަހު އިތުރު ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރޭ 'އަޕްޑޭޓްސް އޮން ދަ ކޯވިޑް-19 ސިޓުއޭޝަން އިން ދަ މޯލްޑްސް' ރިޕޯޓުގައިވާ ގޮތުން މިމަހު ލުފްތަންސާ، ފްލައިދުބާއީ އަދި ނޯޑުވިންޑުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

މި ތިން އެއާލައިން ރާއްޖެ އަށް މި މަހު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މެދުކެނޑުމަކަށްފަހު އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އިން އިއްޔެ ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ގިނަ އެއާލައިންތަކުން ވަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ 26،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.