Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ގޭމްގެ އިސް މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (ގޭމް)ގެ އިސް މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ގޭމް އިން ވަނީ އެ އެސޯސިއޭޝަންގެ ރައީސް އާއި ނައިބުރައީސްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އާއި ކޯޕަރޭޓް އެފެއާޒް އަދި އެކްސްކޯ މެންބަރުގެ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.

ގޭމްގެ މި މަގާމުތަކަށް ކުރިމަތިލެވޭނީ މިދިޔަ މަހުގެ ނިޔަލަށް އެ އެސޯސިއޭޝަންގެ ގޯލްޑް މެންބާޝިޕް ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކާފައިވާ ފަރާތްތަކަށާއި އެ އެސޯސިއޭޝަން ތަމްސީލް ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުމާއި، 18 އަހަރު ވެފައިވާ ދިވެއްސަކަށެވެ. މީގެއިތުރުން ތަމްސީލްކުރާ ގެސްޓްހައުސްގެ މުއްދަތު ހަމަނުވާ ޓޫރިޒަމް ލައިސަންސައެއް ވެސް އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި އޮންނަންޖެހެއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ބައި އިލެކްޝަން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. ގޭމް އިން ބުނީ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މަގާމްތަކަށް ހުށަހެޅޭނެ ކަމަށެވެ.