Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

58 މިލިއަން ރުފިޔާ އަށް ބީއެމްއެލް އިން ހުޅުމާލެއިން ބިމެއް ގަނެފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެއިން 58 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފިއެވެ.

ބީއެމްއެލް އިން ހުޅުމާލެއިން ގަނެފައިވާ އެ ބިމަކީ 15،822.5 އަކަފޫޓު (1469.96 އަކަމީޓަރު)ގެ ބިމެކެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބީއެމްއެލް އަށް ހުށަހެޅި އަގަކީ 58 މިލިއަން ރުފިޔާއެވެ.

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން ވަނީ ބީއެމްއެލް އިން ކޮށްފައިވާ އެ ވިޔަފާރީގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ނިންމާ ހުކުމް ކޮށްފައެވެ.

މި ބިމަކީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނުން އަމީން އެވެނިއާ އިންވެގެން އޮންނަ ބިމެކެވެ.