Last Updated: April 23, 20:38
Tuesday, April 23, 2024
ކުޅިވަރު

ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ޤާއިމު ކުރަނީ

ސްވިމިން ޓްރެކް - ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ހެދުމަށް ނިންމައި، އެކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް މި މަހުގެ 21 ގެ ނިޔަލަށް ( https://forms.gle/GEBpSeAj9abJtgnp6) މި ލިންކު މެދުވެރިކޮށް "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް އަންގާ ކަމަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 11:00 ގައި މާލޭ އިރުދެކުނުފަރާތު ސްވިމިންގ ޓްރެކްގައެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 ރުފިޔާ ހުށަހަޅަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ 11:00 ގައި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގ ރޫމް ގައެވެ.