Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އައްޑޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް މިރޭ 12:28 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު މީހާ އަށް އައްޑޫ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން އޭނާ އަށް ލިބުނު އަނިޔާތައް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.