Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ދަރަނބޫދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ފ.ދަރަނބޫދޫ ބަނދަރު ފުންކުރުމުގެ 81 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 25 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 މެއި 2020 ގައެވެ.

ދައުލަތުގެ ބަޖެޓުން 38.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރު ބޭރު ތޮށި ހެދުމާއި 196 މީޓަރުގެ އެއްގަމު ތޮށި ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10 މޫރިން ބުލޮކްލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، ދެ ނެރު ބައްތި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް 397 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި ބަނދަރު ބޮޑު ކުރުމުން ބޮޑެތި އުޅަނދު ފަހަރުތަކަށް ދަރަނބޫދޫ އަށް ވަދެ ނިކުތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ.