Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފޮނަދޫ މަގު ހެދުމުގެ 64 ޕަސެންޓު މަސައްކަތް ނިމިއްޖެ

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ 64 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިވަގުތު ކުރެވެމުން ދަނީ 5200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.