Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މިއީ ސިޔާސީ ޕޮއިންޓު ހޯދަން މަސައްކަތް ކުރަންވީ ވަގުތެއް ނޫން

މިއީ ސިޔާސީ ޕޮއިންޓު ހޯދަން މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ދޭތެރޭގައި ދަރަނި ނަގައި އިގްތިސާދީ ހަރަކާތްތައް ހިންގި އިރު އެކަމުން އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށެވެ. އެގޮތުން ބްރިޖް މަޝްރޫއު އާއި ހުޅުމާލެ ފްލެޓްތަކާއި ހުޅުމާލެ ތަރައްގީ ކުރުމަށް ކުރި މަސައްކަތުގެ ވާހަކަތައް ވާދަވެރިން ދައްކާ ކަމަށާއި ނަމަވެސް ނަމަވެސް އޭގެއިން އެއްވެސް މަޝްރޫއަކުން އިގްތިސާދީ ފައިދާއެއް ވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މަޝްރޫއުތަކުން ފައިދާ އެއް ނުލިބި އޮއްވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހި، ދަރަނީގެ ކަންކަަމުގައި އިތުރު ތަކުލީފެއް ސަރުކާރަށް އުފުލަންޖެހިފައިވާ ކަމަށާއި މިއީ ވަރަށް ވިސްނުންތެރިކަމާއި އެކު އަމަލު ކުރަންޖެހޭ ވަގުތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ޕޮއިންޓް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަގުތެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ދަރަނި އިތުރު ވެފައިވަނީ ބަލާލުމެއް ނެތި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ކުރި ކަންތައްތަކުގެ ސަބަބުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދަރަންޏަކީ އަޅުގަނޑުމެން އަތުން އެރި ދަރަންޏެއް ދައްކަން ޖެހިގެން އުޅެނީކީއެއް ނޫން. ދަރަނީގެ ބޮޑު ބައެއް މިއީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރު އުފައްދާފައިވާ ދަރަނި. ވަކިން ހާއްސަ ގޮތެއްގައި ވިޔަފާރި ބޭންކްތަކުންނާއި ވިޔަފާރި ކުންފުނިތަކުން ނަގާފައިވާ އުނދަގޫ ދަރަނި" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި އެމަނިފާނުގެ ބެއްލެވުމުގެ ދަށުން ފިނޭންސް މިނިސްޓަރ ކުރައްވާ މަސައްކަތުން އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.