Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުގައި ބުނެފައިވާ ގޮތުގައި ލަންކާ އަށާއި ރާއްޖެއަށް ޕޮމްޕެއޯ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަށް ފަހުއެވެ.

އެގޮތުން މި މަހުގެ 28 ވަނަ ދުވަހު ޕޮމްޕެއޯ ވަޑައިގަންނަވާނެކަން ލަންކާ އިން މިހާރު ވަނީ ހާމަކޮށްފައެވެ. ނަމަވެސް ރާއްޖެއިން އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޕޮމްޕޭއޯ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ފަހުގެ ތާރީހެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

ޕޮމްޕޭއޯ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިމިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ވެސް ގާތްވެފައިވާ ދަނޑިވަޅެއްގައެވެ.