Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އުމުރުން 22 އަހަރުގެ ޒުވާނަކަށް ވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ.

އައްޑޫ އިއުޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ޝާފީ މުހައްމަދު ވިދާޅުވީ އަނިޔާ ލިބުނު ޒުވާނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނަށް ފުން ޒަހަމްތަކެއް ލިބިފައިވީ ނަމަވެސް އޭނާގެ ހާލު ސްޓޭބަލް ކަމަށް ޝާފީ ވިދާޅުވިއެވެ. އިތުރު ފަރުވާ އަށް މާލެ ގެންދިޔުމަށް ރޭވިފައި ނުވާ ކަމަށްވެސް ޝާފީ ވިދާޅުވިއެވެ.

އެ މާރާމާރީގައި އެ ޒުވާނާގެ އެކި ތަންތަނަށް ޒަހަމްތައް ދިނުމުގެ އިތުރުން ދެ އިނގިލި ވަނީ ބުރިކޮށްލާފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.