Last Updated: August 18, 22:18
Monday, August 18, 2025
ޚަބަރު

ރަތަފަންދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ގދ. ރަތަފަންދޫ

ގދ.ރަތަފަންދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރަތަފަންދޫގައި ދެ ބައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެފައިވާ މައްސަލައެއް ރޭ 2:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހުންނަށް ރަތަފަންދޫ ސިއްހީ މަރުކަޒުގަ އާއި ޑރ.އަބްދުއްސަމަދު މެމޯރިލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.