ޤަވާޢިދާ ޚިލާފަށް ރުއްގަސް އުފުރުމުން ހއ.ބާރަށު ކައުންސިލު މިއަދު ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި އަދި ބާރަށުން ރުއްގަސް ބޭރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ޖަދުވަލު 5 ރިޢާޔަތްކޮށް ޖުމްލަ 191,250 (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން ބާރަށު ކައުންސިލު އިދާރާ ޖޫރިމަނާކުރާ ކަމަށެވެ.
މި ޖޫރިމަނާ ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.