Last Updated: April 20, 14:49
Saturday, April 20, 2024
ވިޔަފާރި

ތިމަރަފުށީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން ތ.ތިމަރަފުށީގައި އޭޓީއެމް ސެންޓަރެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި އޭޓީއެމްތަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެކެވެ.

ބީއެމްއެލް އިން ބުނީ މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމް އެއް ކަމަށެވެ.

މި އޭޓީއެމް އާއެކު ތ.އަތޮޅުގެ ތިން ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ހުންނާނެއެވެ. އެއީ ތިމަރަފުށީގެ އިތުރުން ގުރައިދޫ އާއި ވޭމަންޑޫގައެވެ.

ބީއެމްއެލްއިން މިހާރު ވެސް އަންނަނީ 58 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 120 އޭޓީއެމް ސެންޓަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިންގަމުންނެވެ.