Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިމިއްޖެ

ގދ. ތިނަދޫގައި ގާއިމުކުރި 22 އެނދުގެ ކޮވިޑް ފެސިލިޓީގެ މަސައްކަތް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އެތަނުގެ މަސައްކަތް ނިންމާފައިވަނީ 20 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ނިންމާ މިހާރު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ، އެރަށުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ އަށް ގެންދިޔުމުން ވިލިނގިލީގެ ބަޔަކު ނުކުމެ އޭނާ އެ ރަށަށް ނޭރުވި މައްސަލައިގެ ތެރެއިންނެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވިލިނގިލީގައި ހުރި ފެސިލިޓީ ތިނަދޫ އަށް ބަދަލުކުރަން ސަރުކާރަށް ގޮވާލާފައެވެ.

ވިލިނގިލީ ކޮވިޑް-19 މެނޭޖްމަންޓް ސެންޓަރުގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ގދ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމްކުރެވިފައިވަނީ ވިލިނގިލީގައެވެ.

ކޮވިޑް- 19 ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ސަރުކާރުން ވަނީ ގާއިމުކޮށްފައެވެެ.