Last Updated: August 18, 19:12
Monday, August 18, 2025
ޚަބަރު

ކުރިއަށް އޮތް ފަސް އަހަރުވެސް ރާއްޖެއަށް އެހީ ލިބޭނެ: އޭޑީބީ

އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަން ކުރިއަށް އޮފް ފަސް އަހަރުވެސް ރާއްޖެއަށް ލިބޭނެކަމަށް އެ ބޭންކުން ބުނެފި އެވެ.

އެގޮތުން އެ ބޭންކުން މިހާރު އާކޮށްފައިވާ ކަންޓްރީ ޕާޓްނާޝިޕް ސްރްޓެޖެޓީ (ސީޕީއެސް) ގެ ދަށުން ރާއްޖެއަށް 2024 ވަނަ އަހަރައާ ހަމައަށް އެހީދޭނެ އެވެ.

އޭޑީބީއިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިއެކި ދާއިރާތަށް ކުރިއެރުވުމުގެ ގޮތުން ގިނަ އެހީތައް ފޯރުކޮށްދެމުންނެވެ.

އެގޮތުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ވެސް އޭޑީބީން ރާއްޖެ އަށް ހިލޭ އެހީ އާއި ލޯނު ދީފައިވެއެވެ.

އޭޑީބީން ވަނީ ކޮވިޑް-19 އާއި ގުޅިގެން އެ އިދާރާގެ މެމްބަރު ގައުމުތަކަށް އެހީވުމަށް 6.5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ތައާރަފްކޮށްފައެވެ.