Last Updated: April 18, 11:00
Thursday, April 18, 2024
ޚަބަރު

އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ އދ.ގެ ސަބް ކޮމިޓީއަށް ޝުޖޫން

އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ އދ.ގެ ސަބް ކޮމިޓީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން އިންތިހާބުވެއްޖެއެވެ.

މި އިންތިހާބު ބާއްވާފައިވަނީ ސްވިޒަލެންޑްގެ ވެރިރަށް ޖެނީވާގައެވެ.

ޝުޖޫން އިންތިހާބުކޮށްފައިވަނީ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ އ.ދ ގެ ސަބް ކޮމިޓީ، ޕްރިވެންޝަން އޮފް ޓޯޗާ އެންޑް އަދާ އިންހިއުމަން އޯ ޑީގްރޭޑިން ޓްރީމެންޓް އޯ ޕަނިޝްމަންޓް އަށެވެ.

އެ އިންތިހާބުގައި އެކި ގައުމުތަކުން 19 ކެންޑިޑޭޓަކު ވާދަކުރިއިރު، މިއީ ޝުޖޫން އެ ކޮމިޓީ އަށް އިންތިހާބުވި ތިންވަނަ ފަހަރެވެ. ޝުޖޫން އެންމެ ފުރަތަމަ އެ ކޮމިޓީ އަށް އިންތިހާބުވީ 2010 ވަނަ އަހަރުއެވެ.

ތިން އަހަރުގެ ދައުރަކަށް އިންތިހާބު ކުރާ އެ ކޮމިޓީއަށް މިއަދު އިންތިހާބުވެވަޑައިގެންވި ބޭފުޅުންގެ ދައުރު ފެށޭނީ އަންނަ އަހަރުއެވެ. އެ ދައުރުު ނިމޭނީ 2024 ގައެވެ.