Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

މިލިއަނެއްހާ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ ޕޯސްޓްގެ ޒަރިއްޔާއިން ތަފާތު 12 ފަހަރުމަތީން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި މި ތަކެތި އަތުލައިގެންފައިވަނީ 28 ޖޫން 2020 އިން 13 އޮކްޓޯބަރ 2020 ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިތަކެތީގެ ބަރުދަނުގައި ޖުމްލަ 503 ގްރާމް ހުރިއިރު، މަގުމަތީ އަގު ގާތްގަނޑަކަށް 1،475،800 (އެއްމިލިޔަން ހަތަރުލައްކަ ހަތްދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއިއެކު މިމައްސަލަ އިތުރަށް ތަހުގީގު ކުރަން ކަސްޓަމްސްއިން ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.