Last Updated: April 24, 16:49
Wednesday, April 24, 2024
ޚަބަރު

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 42 މީހުން

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން މިއަދު 42 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،358 އަށް އަރާފައެވެ. މީގެތެރެއިން 931 މީހުންނަށް ފަރުވާ ދެމުން އަންނައިރު 35 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10،383 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 37 މީހަކު ނިޔާވެފައެވެ.