Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

މާލޭގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލް، ފޮޓޯ: އަވަސް

މާލޭގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗްއާ ދިމާ ބޭރުން މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:40 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން މަރުވެފައި އޮއްވާ ފެނިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.