Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

ގުޅީފަޅު ބޭރުގައި އޮތް ބޯޓަކުން ވެއްޓުނު މީހަކު މަރުވެއްޖެ

ކ. ގުޅީފަޅު ބޭރުގައި އޮތް ބޯޓަކުން ވެއްޓި ބޯފަޅައިގެން ދިޔަ ބިދޭސީ އަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 64 އަހަރުގެ ބިދޭސީ އެއް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

ގުޅީފަޅާ ދިމާލުން ބޭރުގައި ބަނދަރުކޮށްފައި އޮތް “ވިކްޓޯރިއާ 267” އިން ވެއްޓި އެމީހާގެ ބޯފަޅައިގެން ދިޔުމާއި ގުޅިގެން އަވަސް ފަރުވާ ދިނުމަށް އައިޖިއެމްއެޗަށް ގެނެސްފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:15 ހާއިރުކަމަށެވެ.