Last Updated: August 13, 22:44
Wednesday, August 13, 2025
ވިޔަފާރި

ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ބީއެމްއެލް އިން ބުނީ ހިދުމަތްތަކަށް ބުރޫ އަރާފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ބުރޫ އަރާފައިވާ ހިދުމަތްތަކުގެ ތެރޭގައި މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން ހިމެނެއެވެ.

މައްސަލަ ހައްލުކުރަން ބީއެމްއެލް އިން މަސައްކަތް ކުރަމުންދާއިރު ބޭންކުން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު، މާލެ އިން މިއަދު ހެނދުނު ވަނީ އެކި ފަހަރުމަތިން ކަރަންޓު ވެސް ކެނޑިފައެވެ.