Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މީދޫ އިން ކާޅު މެރުމުގެ މަސައްކަތް ފަށަނީ

އައްޑޫ ސިޓީ މީދޫ އިން ކާޅު މެރުމުގެ މަސައްކަތް ފަށަން އެމްއެންޑީއެފުން ތައްޔާރުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މީދޫގައި ކާޅު މެރުމުގެ މަސައްކަތް މާދަމާ ނޫނީ އަނެއް ދުވަހު ފަށާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެދެނީ ވީހާވެސް އަވަހަކަށް ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްވުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އައްޑޫގައި ކާޅު އާލާވެ، ދޮންދީނިގެ ނަސްލު ނެތި ހިގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހުރަހެއް ނެތް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް ދާދިފަހުން ވަނީ އަންގާފައެވެ.

އެގޮތުން ކާޅަކީ އައްޑޫގައި އާންމު ގޮތެއްގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އަދި އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އައްޑޫން ގިނަ އަދަދަކަށް ކާޅު ފެންނާތީ ބައެއް އާއްމު ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން އައްޑޫގައި އުޅޭ ކާޅެއް ދޮންދީނިއަކަށް ހަމަލާދީ މަރާލުމަށްފަހު އޭގެ މަސް ނޮޅައިގެން ކަމުން ދިޔަ ވީޑިއޯއެއްވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެނގިފައިވާ ގޮތުގައި ކާޅުތައް ދަނީ ދޮންދީނި ހާލިތަކަށް ހަމަލާދީ ކުދި ދޮންދީނި މަރަމުންނެވެ. އަދި ބޮޑެތި ދޮންދީނަށް ހަމަލާދީ އެދޫނިތައްވެސް މަރަމުން އަންނަކަމަށް ބައެއް ރައްޔިތުން ބުނެއެވެ.