Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

އަންނަ މަސް ނިމޭއިރު ރާއްޖެއަށް 18 އެއާލައިނަކުން ދަތުރުކުރާނެ

އަންނަމަސް ނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަރލައިނަކުން ދަތުރުތައް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ބައިނަލްއަޤްވާމީ 12 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ ކަމަށާއި އަދި އަންނަ މަސް ނިމެންވާއިރަށް މަދުވެގެން ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށައި، ދުނިޔެއާއި ރާއްޖެ ގުޅުވާލަދޭނެކަމަށެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު މިހާތަނަށް 11 އެއަރލައިނަކުން ވަނީ ދަތުރުތައް ފަށާފައެވެ. އެއީ ރަޝިއާގެ އޭރޯފްލޮޓް، އިންޑިއާގެ އިންޑިގޯ އާއި އެއާ އިންޑިއާ އަދި ސްޕައިސް ޖެޓް، ދުބާއީގެ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް، ގަތަރުގެ ގަތަރު އެއާވޭސް، ތުރުކީގެ ޓާކިޝް އެއާލައިންސްގެ އިތުރުން ސްރީލަންކާގެ ސްރީލަންކަން، އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އަދި ސްވިޒަލެންޑްގެ އެޑެލްވެއިސް އެއާ ހިމެނެ އެވެ.

އަދި މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަމަހުގެ ތެރޭގައިވެސް ރާއްޖެއަށް ބައެއް އެއާލައިންތަކުން ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޗައިނާ އާއި އިޓަލީގެ އެއާލައިނެއް ވެސް ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 30،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ.