Last Updated: August 12, 21:51
Wednesday, August 13, 2025
ޚަބަރު

ހަނިމާދޫ މަގު ހެދުމުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ 70 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ އިސްވެރިން މިއަދު ވަނީ ހަނިމާދޫ އަށް ވަޑައިގެން މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މި ޕްރޮޖެކްޓް ތެރެއިން އުޅަނދު ދުއްވުމަށް މަގުގެ 38،916 އަކަ މީޓަރ ސަރަހައްދެއް ގައި ތާރުއަޅާ އަދި 16،518 އަކަ މީޓަރ ޕޭވްމަންޓް ނިންމުމަށް ހަމަޖެހިފައިވާއިރު، ފެންހިންދުމުގެ ނިޒާމުގެ މަސައްކަތާއި މަގު ބައްތި ދިއްލުމަށް ބޭނުންވާ ނަރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއިން ބުނީ 46.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓް 240 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.