ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 30 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 18 ދިވެހިންނާއި 12 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނާއި އަތޮޅުތަކުންނެވެ. އެގޮތުން މާލެ ސަރަހައްދު 23 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން 7 މީހަކު ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 905 ކޭސް އެވެ. މި ބަލިން 10،472 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 39 މީހަކަށެވެ. މި ބަލީގައި 37 މީހަކު ވަނީ ނިޔާވެފައެވެ.