އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން ޓްރާންސްޕޯޓު މިނިސްޓްރީ އަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައިފިއެވެ.
ރޮޒެއިނާ މިކަމަށް ގޮވާލާފައިވަނީ އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް އިންޒާރަކާއި ނުލައި ވަކިކުރުމާ ގުޅިގެންނެވެ. ނަމަވެސް ސްކޫލުން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. އެ ހަތަރު ދަރިވަރުންނަކީ ވެސް ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންނެވެ.
އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލުން ކަންތައް ކުރާ ގޮތުގެ ވާހަކަ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުން ދަރިވަރުން ކަނޑާލަން ނޯޓިސް ފޮނުވި ފޮނުވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ޓްރާންސްޕޯޓު މިނިސްޓްރީން ސްކޫލާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލަން. މި މީހުންގެ ކަންތައް މާ މައްޗަށް ގޮސްފި" ރޮޒެއިނާ ވިދާޅުވިއެވެ.
ފްލައިން ސްކޫލުން ހަތަރު ދަރިވަރަކު ވަކިކުރަން ނިންމީ
އެ ސްކޫލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.ހަޔާ އެޑިއުކޭޝަނުން މިގޮތަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ އެވެ.
މީގެެއިތުރުން ވެސް މިނިސްޓްރީން ވަނީ ގިނަ ކަންތައްތަކެއް ރަނގަޅުކުރުމަށް ސްކޫލަށް އަންގާފައެވެ.