Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އަންނަ އަހަރަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަނީ

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ސަރުވަޝް އާދަމް "ޕީއެސްއެމް" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 2021 ވަނަ އަހަރަށްލަފާކުރާ ބަޖެޓްގެ ގޮތުގައި މިމަހުގެ 31 ގެ ކުރިން މަޖިލީހަށް 35 ބިލިޔަނެއްހާ ރުފިޔާގެ ބަޖެޓެއް ހުށައަޅާނެ ކަމަށެވެ.

އަދި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް އެމިނިސްޓްރީން ކުރަމުންދާކަމަށް ސަރުވަޝް ވިދާޅުވެފައިވެއެވެ.

މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެހެންކަމުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މަޖިލީހަށް ހުށައަޅަން ޖެހޭނެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.