Last Updated: July 19, 05:51
Saturday, July 19, 2025
ވިޔަފާރި

އުރީދޫ ސުޕަނެޓު ހޯރަފުއްޓަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހއ.ހޯރަފުއްޓަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ މިއަދުގެ ހާލަތާ އެކު އިންޓަނެޓަށް ބަރޯސާވުން އިތުރުވަމުންދާ މި ދަނޑިވަޅުގައި އުރީދޫން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް ފެންވަރު ރަނގަޅު ހައި-ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ލިބިގެންދިޔުމަކީ މުހިންމުކަމެއްކަމުގައި ދެކިގެން ކަމަަށެވެ.

އެގޮތުން މި އަހަރު ތެރޭގައި މިހާތަނަށް 6 ރަށަކަށް ވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ދެވިފައިވަ ކަމަށާއި ހަމަ އެއާއެކު 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހއ. ހޯރަފުށީގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު މިއަދު ހުޅުވާލެވުމަކީ، ލިބޭ އުފަލެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." އޭނާ ވިދާޅުވިއެވެ.

އުރީދު މޯލްޑިވްސްއިން ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކައް ވަނީ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.