Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހަ މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި

ވަކީލު ކަމުގެ ހުވާ ވަކީލުންތަކެއް ކުރަނީ - ފޮޓޯ / އަވަސް

ހަ މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީން ބުނީ ތިން ރަށަކަށް އިސް މެޖިސްޓްރޭޓުން އަދި ތިން ރަށަކަށް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށެވެ.

އެގޮތުން އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައިވަނީ ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓަށާއި، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށެވެ. އަދި މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައިވަނީ ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.

ޖޭއެސްސީން ބުނީ އިސް މެޖިސްޓްރޭޓުން މަހަކު މުސާރައިގެ ގޮތުގައި 21،000 ރުފިޔާ އަދި މެޖިސްޓްރޭޓުން 18،500 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 4000 ރުފިޔާއާ، ރިސްކް އެލަވަންސްގެ ގޮތުގައި 600 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

މިކަމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ހުށައެޅުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.