އައްޑޫ ސިޓީ ހިތަދޫގައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 38 އަހަރާއި، 39 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ދެ މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.
އެ ދެމީހުން ހައްޔަރުކޮށް ފޭރުނުކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ވެރިފަރާތާ ފުލުހުން މިހާރު ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.