Last Updated: July 19, 05:51
Saturday, July 19, 2025
ޚަބަރު

ސިފައިންގެ ކާނަލް ކަމަށް ތިން ބޭފުޅަކު ހަމަޖައްސައިފި

ސިފައިންގެ ތިން އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

އެމްއެންޑީއެފުން ބުނީ މަގާމުގެ ކުރިއެރުން ދީފައިވަނީ ލެފްޓިނަންޓް ކާނަލްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރަކަށެވެ.

އެގޮތުން އެ އޮފިސަރުންނަށް ޕްރޮމޯޓް ކޮށްފައިވަނީ ކާނަލްގެ މަގާމަށް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެ ތިން އޮފިސަރުންނަކީ ލެފްޓިނަންޓް ކާނަލް އަހްމަދު ނަޝީދު އާއި ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދު އާއި ލެފްޓިނަންޓް ކާނަލް އިސްމާއީލް ނަސީރުއެވެ.