މަންޓާ އިން ކުޑަހުވަދުއަށް އަލުން ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
މަންޓާ އެއާ އިން ބުނީ މާލެ އާއި ކުޑަހުވަދުއާ ދެމެދު ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކު އެއް ފްލައިޓު ބާއްވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީމަހު ރަސްމީކޮށް ދަތުރުތައް ފަށާފައިވާ މަންޓާ އެއާއިން އަންނަނީ ކުޑަހުވަދޫގެ އިތުުރުން ބ. ދަރަވަންދޫ އާއި ގއ ކޫއްޑޫ އަށް ވެސް ދަތުރުތައް ކުރަމުންނެވެ.
ޑޮމެސްޓިކް ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ ތިން އެއާކްރާފްޓެވެ.
މަންޓާ އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ.