Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ހިތަދޫ އިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ސ. ހިތަދޫ، ފޮޓޯ: ޝަރަފު

އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ އެ ދެ މީހުންނަކީ ވެސް ބިދޭސީން ކަމަށާއި އެމީހުން ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ކަމަށެވެ.

އެ ދެ މީހުންނާއެކު މިވަގުތު އައްޑޫގައި ކޮވިޑްގެ އެކްޓިވް ތިން ކޭސް އެބަ އުޅެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ފޭދޫ އިން ވެސް ބިދޭސީއަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އައްޑޫ އިން މިހާތަނަށް ޖުމްލަ 73 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެތެރެއިން 70 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑްގެ 47 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ އެންމެ ރަށެއް ކަމަށްވާއިރު، އެއީ ހދ.ކުޅުދުއްފުއްޓެވެ.

ރާއްޖެއިން މި ބައްޔަށް 11،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި ވަނީ 37 މީހަކު ނިޔާވެފައެވެ.