Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މިއަދު 84 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / ވީނިއުސް

ރާއްޖެއިން މިއަދު 84 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 58 ބިދޭސީން ކަމަށެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،505 އަށް އަރާފައެވެ. މީގެތެރެއިން 937 މީހުންނަށް ފަރުވާ ދެމުން އަންނައިރު 37 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10،524 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 37 މީހަކު ނިޔާވެފައެވެ.