Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ޒިޔާދާގެ ކުރީގެ ފިރިމީހާ ޝާހް މަރުވެއްޖެ

ޒިޔާދާގެ ފިރިމީހާ ޝާހު

ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ ފިރިމީހާ އިބްރާހީމް ޝާހު މަރުވެއްޖެއެވެ.

ޝާހު މަރުވެފައިވަނީ މަހަށް ނިކުމެ އުޅެނިކޮށެވެ. އެގޮތުން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޝާހު މަރުވިއިރު ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާ ތިން އަހަރަށް ޖަލަށްލާން ހައިކޯޓުން މި މަހުގެ ކުރީކޮޅު ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ހުކުމް އިއްވިއިރު އޭނާ ޖަލުގައި ތިން އަހަރު ހޭދަކޮށްފައިވާތީ ވަނީ މިނިވަން ވެފައެވެ.

ޝާޙުގެ މައްޗަށް ދަޢުލަތުން އެންމެ ފުރަތަމަ ކުރީ ތިން ދަޢުވާ އެކެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ދަޢުވާތައް ކުރި ފަހުން އޭނާގެ މައްޗަށް ދަޢުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް މި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ މާޗު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ދައުވާތައް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޒިޔާދާގެ މަރާ ގުޅިގެން 2016ވަނަ އަހަރު ފުލުހުން ވިދާޅުވެފައިވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ. އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ބައިތަކަށް ވަނީ އަނިޔާ ލިބިފައެވެ.